ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.
އެ ވަސީލަތްތައް ބޭނުން ކުރަން ފެށުން ރަސްމީކޮށް އިފްތިތާހުކުރީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގަ އެވެ.
ޖއަެލްސާގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އަލަށް ތައާރަފު ކުރެވުނު ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާ ކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ކަސްޓަމްސްގެ ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ އެއްޗެކެވެ. އަދި ބޮޑީވޯން ކެމެރާ ހަދިޔާކުރީ އެމެރިކާއިންނެވެ.

