މާލޭ ސަބުދެރިޔާމަގުގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި، އޭގެ ތެރެއިން އެއް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްޞީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި އެކްސިޑެންޓާ ގުޅޭ އިތުރު މަޢުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.