ސިނަމާލެ ބްރިޖް ހައިވޭގައި، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ހައިވޭއިން ދަތުރުކުރި ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، ފަހަތުން ބާރު ދުވެލީގައި އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހުމުގެ ސަބަބުން ކަމަށެވެ.
މި އެކްސިޑެންޓްގައި ޖުމްލަ 3 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

