ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެެނެކެވެ.

ފުލުހުން ބުނީ މި ހާދިސާގައި ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މީހާ ވެއްޓުނީ އަމާން އުދަރެސްގެ 8 ވަނަ ޓަވަރުންނެވެ.

އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ ޓަވަރުގެ 15 ވަނަ ފަންގިފިލާ އިން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.