ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، މިއަދު މެންދުރު 14:30 އެހައިކަންހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނިޔާވެފައި ވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ)ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

