މި މަހުގެ 19 ދުވަހު އޮންނަ ބާ އިމްތިހާނަށް ތައްޔާރުވުމަށް ލީގަސް އިން ޚާއްސަ ޕްލެޓްފޯމެއް ތައްޔާރުކޮށްފި އެވެ.

ލީގަސްއިން ބުނީ 2026 ވަނަ އަހަރުގެ ސިލަބަސް އެއްކޮށް ހިމެނޭ ސުވާލު ބޭންކެއް އޮންނާނެ ކަމަށާއި ކޮންމެ މާއްދާއެއް، ކޮންމެ މައުޟޫއެއް ވަކިން ހޯދައި، އަމިއްލަ ޓެސްޓެއް ހަދައިގެންވެސް ކުރިއަށް ގެންދެވިދާނެއެވެ.

އެންމެ މުހިންމު ކަމަކީ، ކޮންމެ ޖަވާބަކަށް ވަގުތުން ޤާނޫނީ ސަބަބު ދައްކައިދޭ ކަމެވެ. ރަނގަޅު ވިޔަސް، ނުބައި ވިޔަސް، އެ ޖަވާބު އެގޮތަށް ވަނީ ކީއްވެގެންކަން، އަސްލު ޤާނޫނާއި ޤަޟިއްޔާއިން ސީދާ މާއްދާ ދައްކައިދީގެން ސާފުކޮށްދެއެވެ. ދަރިވަރު ބޭނުންފުޅުނަމަ، އެ މަސްދަރުގެ އަސްލު ލިޔުންވެސް އެ ތަނުން ހުޅުއްވިދާނެއެވެ.

ލީގަސް އިން ބުންޏެވެ.

އިމްތިޙާނަށް ތައްޔާރުވުމަށްޓަކައި، ވަގުތު ކަނޑައެޅިފައިވާ މޮކް އިމްތިޙާނު ހެއްދެވިދާނެއެވެ. ނިމުމުން، ކޮންމެ މާއްދާއަކުން ލިބުނު ނަތީޖާއާއި، ނުބައިވި ސުވާލުތަކުގެ އިސްލާޙީ ފާހަގަތައް ފެންނާނެއެވެ. އަދި ލީގަސް AI އާ ސީދާ ސުވާލުކުރެއްވުމުން، ޖަވާބާއެކު މަސްދަރުވެސް ދައްކައިދޭނެއެވެ.

ލީގަސް ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނީ މަޢުލޫމާތުގެ މައްޗަށެވެ؛ ޤާނޫނުތަކާއި، ގަވާއިދުތަކާއި، ކޯޓު ޙުކުމްތަކުގެ އަސްލު މަސްދަރުތަކުގެ މައްޗަށެވެ. ތައްޔާރުކޮށްފައިވަނީ ޤާނޫނީ ވަކީލުންނެވެ.

މި ޕްލެޓުފޯމުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކަށް ފިއްތާލުުމުން ކުރިއަށްދާންވީގޮތް ބުނެދޭނެ އެވެ.

leagas.org/bar-exam-2026

އިތުރު މައުލޫމާތު ބޭނުންނަމަ 7783630 އަށް ގުޅާލުމުން މައުލޫމާތު ލިބޭނެ ކަމަށް ލީގަސްއިން ބުނެ އެވެ.