އަކްޝޭ ކުމާރާއި ވަމީގާ ގައްބީ މުހިންމު ރޯލުތަކުން ފެނިގެންދާ، ޕްރިޔަދަރްޝަން ޑައިރެކްޓްކޮށްފައިވާ ހޮރޯ-ކޮމެޑީ ފިލްމު 'ބޫތު ބަނގްލާ' އަށް ތިންވަނަ ހަފުތާގައި ލިބުނު އާމްދަނީ ކުރީ ހަފުތާއާ އަޅާބަލާއިރު 50 އިންސައްތަ ދަށަށް ގޮސްފިއެވެ.

މި ފިލްމަށް ތިންވަނަ ހަފުތާގައި ޖުމްލަ 21 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ތިންވަނަ ބުރާސްފަތި ދުވަހު އެކަނި ލިބިފައިވަނީ 1.40 ކްރޯޑް ރުޕީސްއެވެ. މިއާއެކު އިންޑިއާގެ ބޮކްސް އޮފީހުގައި މި ފިލްމަށް މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 143 ކްރޯޑް ރުޕީސްއަށް އަރާފައެވެ.

ހަތަރުވަނަ ހަފުތާގައި އިތުރު ބޮޑު ފިލްމެއް ރިލީޒްވާން ނެތުމުން، މި ފިލްމަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެއެވެ. ލަފާކުރެވޭ ގޮތުގައި ހަތަރުވަނަ ހަފުތާ ނިމޭއިރު މި ފިލްމު 150 ކްރޯޑްގެ މަރުހަލާ ގިރާކުރާނެއެވެ. ބޮކްސް އޮފީސް ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި މި ފިލްމުގެ ޖުމްލަ އާމްދަނީ ހުންނާނީ 155 ކްރޯޑާއި 160 ކްރޯޑް ރުޕީސްއާ ދެމެދުގައެވެ.

ކޮވިޑްގެ ބަލިމަޑުކަމަށްފަހު އަކްޝޭ ކުމާރުގެ ގިނަ ފިލްމުތަކެއް ފްލޮޕްވެފައިވީ ނަމަވެސް، 'ބޫތު ބަނގްލާ' އަކީ އޭނާއަށް ލިބުނު ކާމިޔާބީއެކެވެ. އިންޑިއާގެ ފިލްމީ ސިނާއަތުގައި އަކްޝޭ ކުމާރަކީ އަހަރަކު ގިނަ ފިލްމުތަކެއް ނެރޭ މަދު ތަރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.

ތިރީގައި އެވަނީ 'ބޫތު ބަނގްލާ' އަށް އިންޑިއާގެ ބޮކްސް އޮފީހުން އާމްދަނީ ލިބިފައިވާ ގޮތުގެ ތަފްސީލެވެ:

ފުރަތަމަ ހަފުތާ: 80.50 ކްރޯޑް ރުޕީސް
ދެވަނަ ހަފުތާ: 41.50 ކްރޯޑް ރުޕީސް
3 ވަނަ ހުކުރު: 4.50 ކްރޯޑް ރުޕީސް
3 ވަނަ ހޮނިހިރު: 4.50 ކްރޯޑް ރުޕީސް
3 ވަނަ އާދީއްތަ: 5.50 ކްރޯޑް ރުޕީސް
3 ވަނަ ހޯމަ: 1.60 ކްރޯޑް ރުޕީސް
3 ވަނަ އަންގާރަ: 2.00 ކްރޯޑް ރުޕީސް
3 ވަނަ ބުދަ: 1.50 ކްރޯޑް ރުޕީސް
3 ވަނަ ބުރާސްފަތި: 1.40 ކްރޯޑް ރުޕީސް (ލަފާކުރެވޭ)

ޖުމްލަ: 143 ކްރޯޑް ރުޕީސް