ރައީސުލްޖުމްހޫރިއްޔާ މިއަދު ޔޫރަޕުގެ ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމެއްގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. އަދި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވައެވެ.
